އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޖަލަށް ދިއުމުން ސަލާމަތްވުމަށްޓަކައި، އެމެރިކާ އިތުރު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރަމުންދާ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ތުހުމަތުކުރައްވައިފިއެވެ.
އަރަގްޗީ މިހެން ވިދާޅުވީ، އީރާނާ ދެކޮޅަށް ފަށާފައިވާ މަސައްކަތް "ނިންމާލާނެ" ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަކާ ގުޅިގެން، އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަރަގްޗީ ވިދާޅުވި ގޮތުގައި، އިސްރާއީލަށާއި އެމެރިކާގެ ރައީސަށް ކުރިމަތިވެދާނެ ނަތީޖާއަކަށް ބެލުމެއް ނެތި، ނަތަންޔާހޫ މަސައްކަތްކުރަމުންދަނީ އޭނާ ޖަލަށް ދިއުމުން ސަލާމަތްވުމަށްޓަކައި އެމެރިކާ އިތުރު ހަނގުރާމައަކަށް ވެއްދުމަށެވެ.
މީގެ އިތުރުން، އެމެރިކާއަށް އިންޒާރުދެއްވަމުން އަރަގްޗީ ވިދާޅުވީ، އެންމެ ފަހުން އެމެރިކާއިން އީރާނާ ދެކޮޅަށް މަސައްކަތް ނިންމާލަން އުޅުމުން އީރާން ނުކުތީ މާ ގަދަފަދަކޮށް ކަމަށެވެ.
“އަނެއްކާވެސް ނަސީބު އިމްތިހާނުކޮށްލަން ބޭނުންތޯ؟ އެކަން ކުރަންވީ. އެކަމަކު ފަރުވާތެރިވާތި! އަހަރެމެންގެ ވެސް ނުނިމި ހުރި ކަންތައްތަކެއް އެބަހުރި،” އޭނާ ވިދާޅުވިއެވެ.
އަރަގްޗީ މި މޭރުމުން ވާހަކަދެއްކެވިއިރު، އޮކްޓޯބަރު 27 ގައި އޮންނަ އިސްރާއީލުގެ އިންތިހާބުގައި ނަތަންޔާހޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ޓްރަމްޕް ވަނީ ހާމަކުރައްވައިފައެވެ. ނަތަންޔާހޫ ނޫން އެހެން ލީޑަރަކު ހޮވިއްޖެނަމަ، އީރާނާ ދެކޮޅަށް އެމެރިކާއިން އެކަނި މަސައްކަތްކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. މިކަމާ ގުޅިގެން ނަތަންޔާހޫ ވަނީ ޓްރަމްޕަށް ޝުކުރުއަދާކުރައްވައި، ދެ ގައުމު ގުޅިގެން މި މަސައްކަތް ނިންމާލާނެ ކަމަށް ވިދާޅުވެފައެވެ.
ނަތަންޔާހޫގެ މައްޗަށް މިހާރު ވެސް އިސްރާއީލުގައި ރިޝްވަތާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކެއް އުފުލި، ޝަރީއަތް ދަނީ ހިނގަމުންނެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް