މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ ތުހުމަތަށް ހ. މާދޫގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް ފެނުނު މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީއެއްގެ ބަންދަށް އިތުރު ދިހަ ދުވަސް ޖަހައިފިއެވެ.
އެ މައްސަލައިގައި ޖުމްލަ ތިން ބިދޭސީއަކާއި ދިވެހި މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން އެއް ބިދޭސީއެއްގެ ބަންދަށް 15 ދުވަސް ޖެހިއިރު، އަނެއް ދެ މީހުންގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. ދިވެހި މީހާގެ ބަންދަށްވެސް ޖެހީ 15 ދުވަހެވެ.
ބަނގުރަލުގެ ބޮޑު އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 11 ވަގުތެއްގައި ހ. މާދޫގެއަށް ވަދެ، އެ ގޭގެ ފުރަތަމަ ބުރިއާއި ފަސް ވަނަ ބުރި ބަލައި ފާސްކޮށްފައެވެ. މިއީ ބަނގުރަލުގެ މައްސަލައެއްގައި އެ ގެ ބަލައި ފާސްކުރި ފުރަތަމަ ފަހަރެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނަކީ މާލެތެރެއަށް ފުޅާ ދާއިރާއަކަށް ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ނޫސްވެެރިންނަށް މައުލޫމާތު ދިނުމަށް ފަހު ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރާގެ ބާވަތްތައްވެސް ދައްކައިފައެވެ. އެ ގޭގެ ފުރަތަމަ ބުރީގައި ގިނަ އަދަދެއްގެ ބަނގުރާ ހުރި އިރު ބަނގުރާ ކޭސްތައްވެސް ހުއްޓެވެ. އެކި ބްރޭންޑުގެ ބަނގުރާ ހުއްޓެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ގޭގެ ފަސްވަނަ ބުރިންވެސް ގިނަ އަދަދެއްގެ ބަނގުރާ ގުދަންކޮށްފައި ހުއްޓާ ފެނިފައިވެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ:
- އަލް އަމީން 34އ ބަންގްލްދޭޝް
- ޕޮލިން 43އ ބަންގްލަދޭޝް
- އެމްޑީ ރަކިބް ހޮސެން 25އ ބަންގްލަދޭޝް
- ހ. ކަރޯގެ، މުހައްމަދު ރަޝްވާން އައްބާސް 53އ
ޕޮލިންއާއި އަމީން ބަންދުގެ މުއްދަތު އިއްޔެ ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އަމީން އަކީ ބަނގުރާ ޑެލިވާކޮށް، ފައިސާގެ މުއާމަލާތްތަކުގައި ހަރަކާތްތެރިވާ މީހެއްކަމަށް ފުލުހުން ކައިރީގައި އޭނާ ބުނެފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން އަމީންއަށް ބަނގުރާ ޑެލިވާކުރަން ހަވާލުކުރަނީ ޕޮލިން އެވެ. އޭނާއަކީ އެތަނުގެ ސުޕަވައިޒަރު ކަމަށާއި އޭނާއަކީ ބަނގުރާ ފެނުނު އޮފީހުގެ މުވައްޒަފެއްކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ރަޝްވާނަކީ، ހެބިޓެޓްގެ މެނޭޖިން ޑިރެކްޓަރެވެ. ހެބިޓެޓް ރަޖިސްޓްރީކޮށްފައިވެސް ވަނީ ބަނގުރާ ފެނުނު ހ. މާދޫގޭގެ ފުރަތަމަ ފަންގިފިލާއަށެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް