މާކް ޒަކަބާގްގެ ބަޔޯހަބް އިން ފަށާފައިވާ "ވާޗުއަލް ސެލް" އުފެއްދުމުގެ މަޝްރޫއަށް ގޫގުލް އާއި މެޓާ އަދި އައިސޯމޯފިކް ލެބްސް އިން 300 މިލިއަން ޑޮލަރު އިންވެސްޓްކޮށްފިއެވެ. "ވާޗުއަލް ބަޔޮލޮޖީ އިނިޝިއޭޓިވް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އިންސާނާގެ ހަށިގަނޑުގެ ސެލްތައް މަސައްކަތްކުރާ ގޮތް ދެނެގަނެ، ބަލިތަކަށް ފަރުވާ ހޯދުން އަވަސްކުރުމަށް ފަށާފައިވާ 1.8 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
މި މަޝްރޫއަށް ބަޔޯހަބް އިން 500 މިލިއަން ޑޮލަރު ހޭދަކުރާއިރު، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 500 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހޭދަކުރާނެ ކަމަށް ބަޔޯހަބް އިން ބުނެފައިވެއެވެ. އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) އިން ވެސް މި މަޝްރޫއަށް ބޭނުންވާ ޑޭޓާ ފޯރުކޮށްދޭނެއެވެ.
ގޫގުލް ޑީޕްމައިންޑްގެ ވައިސް ޕްރެޒިޑެންޓް ޕުޝްމީތު ކޯލީ ބުނި ގޮތުގައި، ވާޗުއަލް ސެލްއެއް އުފެއްދުމަކީ ސައިންސްގެ ދާއިރާއިން މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އަމާޒެވެ. މިއީ ދިރޭތަކެތީގެ ނިޒާމުތައް މަސައްކަތްކުރާ ގޮތް ދެނެގަތުމަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ބަޔޯހަބްގެ ހެޑް އޮފް ސައިންސް އެލެކްސް ރިވްސް ބުނި ގޮތުގައި، މި މޮޑެލްގެ ސަބަބުން ސައިންސްވެރިންނަށް ޑިޖިޓަލްކޮށް ތަހުލީލުތައް ކުރުމުގެ ފުރުސަތު ލިބި، އާ ހޯދުންތައް ހޯދުމުގެ ދުވެލި ހަލުވިވެގެންދާނެއެވެ.
މި މަޝްރޫއުގެ ދަށުން އެއްކުރާ ޑޭޓާތައް އާންމުކުރުމުގެ ކުރިން، އިންވެސްޓްކުރާ ވިޔަފާރި ކުންފުނިތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ޑޭޓާ އެކްސްކްލޫސިވްކޮށް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. ބަޔޯހަބް އިން އަމާޒުހިފާފައިވަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ޑޭޓާސެޓް ނެރުމަށެވެ.
ގޫގުލް
ގޫގުލް
ގޫގުލް
ގޫގުލް
ކޮމެންޓް