ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އިބްރާހީމް ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފިއެވެ.
އުވާލަން ނިންމާފައިވާ އާރުޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފައިވަނީ މިއަދުއެވެ. ވަގުތީ ގޮތުން އެ ކުންފުނި ހިންގުން ހަވާލުކުރީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ އެވެ. އެ ކުންފުނީގެ މަސައްކަތް ބަދަލުކުރަން ހަމަޖެހިފައިވަނީ އެމްޓީސީސީއަށެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ނަޒީމް އައްޔަންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ އެމްޑީގެ މަގާމު ވެސް ފުރުއްވިއެވެ.
ނަޒީމް ވަނީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވާންދެން ސްޕޯޓްސް މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ސްޕޯޓްސް މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވާންދެން އޭނާ ފުރުއްވިއެވެ.
ނަޒީމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ވިކްޓްރީގެ ނައިބު ރައީސެވެ.
އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ކެބިނެޓުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 7 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވައިފައެވެ. އާރުޑީސީން ކުރަމުން އަންނަނީ މައިގަނޑު ގޮތެއްގައި މަގުހެދުމުގެ މަސައްކަތް ކަމަށާއި އެމްޓީސީސީއަކީ ވެސް މަގު ހަދައި، އަދި އެހެން އުމްރާނީ މަސައްކަތްތައްވެސް ކުރާ ކުންފުންޏެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ކޮމެންޓް