އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު އެމްއެމްއޭއިން ވިއްކާ 1،000 ޑޮލަރު ހަ ގައުމަކަށް ހާއްސަކޮށްފިއެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭން މިއަދު ބުނީ މިއަދުން ފެށިގެން 1،000 ޑޮލަރު ވިިއްކާނީ އިންޑިއާ، ސްރީ ލަންކާ، ތައިލެންޑު، މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީއަށް ބޭސްފަރުވާއަށް ދާ މީހުންނަށް ކަމަށެވެ.
ވަކި ގައުމުތަކެއް ކަނޑައެޅީ ބޭސްފަރުވާއަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ހަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީން ކުރަން ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
މި ނިންމުމުގެ ދަށުން، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކަށް އެކަނި ބޭސްފަރުވާއަށް ދޭ 1000 ޑޮލަރު ވިއްކި ނަމަވެސް، އާސަންދައަށް ވިއްކާ 2،000 ޑޮލަރަށް ބަދަލެއް ނާންނަކަން އެމްއެމްއޭއިން ބުންޏެވެ.
ބޭސްފަރުވާގެ ބޭނުންތަކަށް މިދިޔަ މަހުގެ ނިޔަލަށް 41.1 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
މި އަދަދުގެ ބޮޑު ބައެއް ހިއްސާ ކުރަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރު ފައިސާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ދިވެހީންނަށް 1،000 ޑޮލަރު ވިއްކަން ފެށުމާއެކު ބޭސްފަރުވާއަށް ވިއްކި ޖުމުލަ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައި ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައިވެއެވެ.
މިދިޔަ މަހުގެ ނިޔަލަށް އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާ ދިވެހިންނަށް 29.2 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ކޮމެންޓް