ރާއްޖެއަކީ އިސްލާމީ ފައިނޭންސްގެ މައި މަރުކަޒަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިއަދު ބޭއްވި މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް އިފުތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އިނިޝިއޭޓިވްއާ އެކު ފައިނޭންޝިއަލް ސެކްޓާއާ ދެމެދު ގުޅުން ބަދަހިކުރެވި މުޖުތަމައުގައި ތިބި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށެވެ.
"މިކަން ހަގީގަތަކަށް ހެދުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން އޮތީ ތައްޔާރަށް. މިއަމާޒަށް ވާސީލުވުމަށް މަސައްކަތް ކުރާ އިރު ގައުމެއްގެ ތަރައްގީ ހަމައެކަނި މިންކުރެވެނީ އެ ގައުމެއްގެ އިގުތިސޯދީ ކުރިއެރުމުން ނޫންކަމާއި އެއީ އަބުރުވެރިކަމާއި އިހުތިރާމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު އެންމެނަށް ފަހިކޮށްދެވިގެން ހާސިލުވާ އަމާޒެއްކަން ގަބޫލުކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިފުތިތާހުކޮށްދެއްވި މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވްއަކީ 250 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް އޮތް ތިން އަހަރު 200 މިލިއަން ރުފިޔާގެ މާލީ އެހީ ދޭއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 30 މިލިއަން ރުފިޔާ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 20 މިލިއަން ރުފިޔާގެ މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވްއަކީ މެލޭޝިއާގެ "ސަދަގާ ހައުސް ބޭންކް އިސްލާމް" އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއު ފެށުމަށް މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމިކް ސެލެންގޯއާ ގުޅިގެން އެމްއެމްއޭއިން ވަނީ ބޮޑު ދިރާސާއެއް ކޮށްފައެވެ.
މުހައްމަދު އިޝާން
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން