އަންނަ 2027 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133.5 މިލިޔަން ރުފިޔާގެ ބަޖެޓް އެ އޮފީހަށް ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދެންމެ ފާސް ކޮށްފިއެވެ.
އަންނަ 2027 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ޖުމުލަ 133،590،265 ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ އިއްޔެއެވެ.
އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނިޔާޒީ ހުށަހެޅުއްވި ގޮތަށް ބަޖެޓް ފާސްކުރަން ކޮމިޓީއަށް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.
އޭނާ ހުށަހެޅުއްވީ، އޮފީހުގެ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދަށް ޖުމްލަ 90،900،265 ރުފިޔާ އަދި ހުޅުމާލޭގައި ހަދާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އޮފީސް އިމާރާތުގެ ހަރަދުގެ ގޮތުގައި 43،500،000 ރުފިޔާ، އެކު ޖުމްލަ 133،590،265 ރުފިޔާއެވެ.
މަމްދޫހުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަންދުﷲ ޝަރީފް އެވެ. އެ ހުށަހެޅުން ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މި ހިނގާ 2026 ވަނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅީ 134.2 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓް ކުޑަކުރަން އޭރުގެ ފިނޭންސް މިނިސްޓަރު ހުށަހަޅާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.
އޮޑިޓް އޮފީހުގެ ބަޖެޓަކީ ގާނޫނު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހެޅުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީން ފާސް ކުރުމަށްފަހު މަޖިލިސް ތަޅުމަށް ހުށަހަޅައި މި ބަޖެޓް މަޖިލީހުން ފާސްކުރާނެއެވެ.
އިބްރާހިމް ޒަކީ
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
ކޮމެންޓް