އޮޅުވާލައިގެން ދައުލަތާ ދެކޮޅަށް ގިނަ އަދަދެއްގެ ފައިސާ ހޯދަން ކޯޓުތަކުގައި ކޮށްފައިވާ ދައުވާތަކެއް އެބަހުރި ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވީ، 2027 ވަނަ އަހަރަށް އޮޑިޓް އޮފީހަށް ބޭނުންވާ ބަޖެޓް ހުށަހަޅަން، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުގައި، އޮޑިޓް ކުރުމުގައި އެ އޮފީހުން ގެންގުޅޭ އުސޫލުތަކާ ބެހޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އޮޑިޓް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ނިޔާޒީ ވިދާޅުވީ، ދައުލަތާ ދެކޮޅަށް، 400 މިލިޔަން ރުފިޔާގެ ބަދަލު ދޭންޖެހޭ ވަރުގެ މައްސަލަތައް އެބަހުރި ކަމަށެވެ.
އެފަދަ މައްސަލަތަކުން ދައުލަތް ސަލާމަތް ކުރުމަށް ރަނަގަޅު އޮޑިޓް ރިޕޯޓުތައް މެދުވެރިކޮށް ކޯޓުތަކަށް މައްސަލަތަކާ ބެހޭގޮތުން އިތުބާރު ހިފޭ ރަނގަޅު ދިފާއުތައް ހުށަހެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ދައުލަތާ ދެކޮޅަށް އެބަހުރި ކްލެއިމްސްތައް އޭގެ ތެރެއިން 400 މިލިޔަން ރުފިޔާގެ ކްލައިމަކާ ބެހޭގޮތުން ތައްޔާރު ކުރި އޮޑިޓެއްވެސް އިންނާނެ. އެ އޮޑިޓްތަކުން ހަމަ ދައުލަތަށް ލިބޭނެ އިމީޑިއެޓް ސޭވިންތަކެއް އެއީ ކޯޓަށް ރަނގަޅު ރިޕޯޓެއް ހުށަ ނޭޅޭ ކަމަށްވަންނާ ރަނގަޅު ދިފާއެއް ނުދެއްްކޭނެ. ރަނގަޅު ދިފާއެއް ނުދެއްކޭ ކަމަށް ވަންޏާ އެއީ ޕޮޓެންޝަލީ އެ ކޯޓަކުން ދައުލަތަށް އެވޯޑް ކުރާނެ ޑެމޭޖާސްތަކެއްގެ ގޮތުގައި،"
ނަމަވެސް ނިޔާޒީ ވިދާޅުވީ، އެޓާނީ ޖެނެރަލް އޮފީހާ އެއްްކޮށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދައުލަތާ ދެކޮޅަށް މިހާރު އުފުލޭ އެފަދަ ބައެއް ދައުވާތައް ވަރަށް ބޮޑުތަނުން ކުޑަ ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތާ ދެކޮޅަށް، އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދަން ހުށަހަޅާފައިވާ މައްސަލަތަކެއް ހިމެނޭ ކަމަށެވެ.
ނަމަވެސް މުޅި ދައުލަތުގެ ހިސާބުތަކާއި ކަންކަން ރަނގަަޅު ކުރަން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެކަންކަން ރަނގަޅުވަމުން އަންނަ ކަމަށެވެެ.
އިބްރާހިމް ޒަކީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
ކޮމެންޓް