ހުޅުމާލޭގައި ހިންގާ ހޮޓާ، ރެސްޓޯރެންޓު، ކެފޭ އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި ދުވާރުމައްޗާއި ހެޖުތެރޭގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ގޮނޑި މޭޒުތައް އަންނަ މަހުގެ 8 ގެ ކުރިން ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިފަދައިން ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމެއްކަން މީގެ ކުރިންވެސް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ މުއްދަތު ހަމަވުމުގެ ކުރިން އެ ތަކެތި ނަގަން އަންގާ ކަމަށެވެ.
އެޗްޑީސީން ބުނީ އަންނަ މަހުގެ 8 ގެ ފަހުން ފަހުން އެތަކެތި ނުނަގާ ފަރާތްތަކަށް އުސޫލުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށާއި އެ ތަކެތި ނެގުމުގެ ތެރޭގައި ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.
މީގެ އިތުރުން، އެއްވެސް ހުއްދައެއް ނުނަގައި ހުޅުމާލޭގައި ކެފޭ، ހޮޓާ އަދި ވިޔަފާރިތައް ހިންގާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ކަމާބެހޭ ހުއްދަތައް ނެގުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އަލީ ޔާމިން
ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ
ކޮމެންޓް