މިދިޔަ ހަފުތާގައި ސްކޭމާ ގުޅުން ހުރި 38 މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މި ނޮވެމްބަރު މަހުގެ އަށަކުން ފެށިގެން 14 ގެ ނިޔަލަށް ހުށަހެޅި ސްކޭމާ ގުޅުން ހުރި މައްސަލަތަކުގައި 630,573.34 ރުފިޔާ ގެއްލިފައިވާ ކަމަށެވެ.
އޭގެ ތެރެއިން 402,658.34 ރުފިޔާ އަނބުރާ ހޯދައިދާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ.
އެގޮތުން ރިޕޯޓުކުރެވުނު 38 މައްސަލައިގެ ތެރޭގައި ހިމެނެނީ:
- އީ-ކޮމާސް / އޮންލައިން ވިޔަފާރި - 13
- ހުއްދަނެތި ހިންގި މުއާމަލާތްތައް - 9
- ބުކިން ކެންސަލް / ރީފަންޑް ސްކޭމް - 6
- ކަރަންސީ އެކްސްޗޭންޖް ސްކޭމް - 5
- އިމްޕަރސަނޭޝަން ސްކޭމް - 4
- އިންވެސްޓްމަންޓް ސްކޭމް - 1
އިބްރާހިމް ޒަކީ
ކޮމެންޓް