ތަކުރާރުކޮށް މިސްކިތްތަކަށް ގެއްލުންދެމުންދިޔަ މީހަކު އެ މައްސަލައިގެ ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން ފުލުހުންގެ މައްޗަށް މި އަމުރު ކޮށްފައިވަނީ ގ.މާލެހިޔާ 2-13-02 ނައުޝާދު މޫސާ ބަންދުގައި ބެހެއްޓުމަށެވެ.

ނައުޝާދު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބަންދުގައި ބެެހެއްޓުމަށް ކޯޓުން ނިންމި މި ނިންމުމުގައި ވަނީ، މީނާއަކީ ތަކުރާރުކޮށް މިފަދަ ކުށް ކުރުމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. މީނާ ބަންދުން ދޫކޮށްލައިފިނަމަ މިކުށް ތަކުރާރު ކޮށްފާނެ ކަަމަށް ބުރަވެވޭކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

ފުރުގާން މިސްކިތަށް ވަދެ އެ މިސްކިތުގައި ހުރި ހަތިމްތައް އުކާލައި އެ މިސްކިތަށް ގެއްލުންދީގެންވެސް މީގެ ކުރިން ނައުޝާދު ހައްޔަރުކުރިއެވެ. އޭގެ އިތުރުން މިސްކިތެއްގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދައްކައިގެން ވެސް 2024 ވަނަ އަހަރު އޭނާ ހައްޔަރު ކުރި އެވެ. މީގެ ކުރިން ސްކޫލަކަށް ވަދެ ވެސް ޖިންސީ ގުނަވަން ދެއްކި މައްސަލައެއް އޭނާގެ މައްޗަށް އޮތީ ފެންމަތިވެފައެވެ. އަދި މިސްތިތެއްގެ ތެރެއަށް ބޮޑުމަކުދިޔަ މައްސަލައެއްގައިވެސް އޭނާ ހައްޔަރު ކޮށްފައިވއެވެ.