ހަނގުރާމަ ނިންމަން އީރާނުން ހުށަހަޅާފައިވާ ހަތް ދުވަހުގެ މަގުޗާޓަށް އެމެރިކާއިން އެއްބަސްވުމުން، އެއަށް އަމަލުކުރަން ފަށަން ތެހެރާނުން އޮތީ ތައްޔާރަށް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވި ގޮތުގައި، މި ހުށަހެޅުމަކީ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އީރާނުން ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. މި މަގުޗާޓު ތަންފީޒުކުރުން ބިނާވެފައި އޮތީ އެމެރިކާގެ ފަރާތުން ލިބޭ ރަސްމީ ޖަވާބެއްގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ މިފަދަ ހުށަހެޅުމެއް އައިނަމަވެސް، އެމެރިކާއިން މިޔަށް އަދި ދީފައިވަނީ ފިނި ޖަވާބެކެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުގެ ހުށަހެޅުން އެމެރިކާއަށް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ޕިގޮޓް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަމާޒަކީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން މައްސަލައަށް ހައްލެއް ހޯދުމެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، މި މަގުޗާޓާ ގުޅޭގޮތުން ގޮތެއް ނިންމާނީ އެމެރިކާގެ ބައިވެރިންނާވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ އިތުރު ތަފުސީލެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް