ސިޔާސީ ވިސްނުން އިސްކުރާއިރު ތިމަންނާއަކީ އެންމެ ފުރަތަމަ ދިވެއްސެއްކަން ހަނދާނުގައި ބަހައްޓްންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ ފައިދާވާ ކަންކަމުގައި އިދިކޮޅު ފަރާތްތަކުން ސިޔާސީ ވިސްނުން އެއްކިބާކޮށް، ގައުމު އިސްކުރަންޖެހޭ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ގައުމު އިސްނުކުރަމަކީ ހިތާމަކުރާކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ދޭތެރެއިން ޕާޓީގެ ކޮންގްރެސް ފަށަން ބޭއްވި ޖަލްސާގަ އަޅުގަނޑު ވަރަށް ތަފްސީލުކޮށް، ފުރަތަމަ ގައުމުގެ މިކަމުގެ ތަފްސީލުގެ ވާހަކަ ދެއްކިން މުހިންމުކަން. އެއީ ސިޔާސީ ވިސްނުން އިސްކުރެވިގެން ދާ ލެވެލްއަކީ ތިމަންނައަކީ ފުރަތަމަ ދިވެއްސެއްކަންވެސް ހަނދާންނެތޭ ހިސާބަށް ދާހެން އަޅުގަނޑަށް ފެންނަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ސަރުކާރަކުން ގައުމަށް ފައިދާހުރި ކަމެއް ކުރިނަމަވެސް ގައުމު އިސްކޮށް އެކަމަކަށް ތާއީދުކޮށް ގަބޫލުކުރަންޖެހޭނެ ކަމަށެވެ. ގައުމު އިސްކުރުމުގެ ވިސްނުން ނެތުމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ހުރަސް އެޅެމުންދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޒިންމާދާރުކަމެއްނެތި ކުރާ ކޮންމެ ކަމަކުން ގައުމަށް ގެއްލުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް