ދިވެހިންނަށް ވިސާއާ ނުލައި ބެލަރޫސްއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ. ގެ 81 އާންމު މަޖިލީހުގެ ހަވާސާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. ބެލަރޫސްގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު މެކްސިމް ރައިޒެންކޯވް އެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި ބެލަރޫސްގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެއެވެ. އެއް އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ދަތުރުކުރާ ނަމަ، ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ހުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި މަޝްވަރާތަކުގައި މިނިސްޓަރު އިރުތިޝާމް ވަނީ ދެ ގައުމުގެ އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ބެލަރޫސް ސަރުކާރުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.
ހާރިޖީ ގުޅުން
ހާރިޖީ ގުޅުން
ހާރިޖީ ގުޅުން
ހާރިޖީ ގުޅުން
ކޮމެންޓް