ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާ ގުޅޭ ހުރިހާ މަރުހަލާއެއްގައި ވެސް ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު ލިންކްޑްއިންގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއަށް ރަސްމާލޭގެ މަޝްރޫއު ވާއިރު ބައެއް ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވަމުންދާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރު މީހުންނަށް ގެދޮރު ވިއްކުމުން ގައުމުގެ ސިޔާދަތަށް ވާނީ ކިހިނެއްތޯ ބައެއް މީހުން ސުވާލުކުރާ ކަމަށާއި ޖަވާބަކީ "އެއްވެސް ބަދަލެއް ނާންނާނެ" ކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިތަނުގައި އެއްވެސް ވަރަކަށް މިލްކުވެރިކަން ދޫކުރުމެއް ނުވަތަ ފްރީހޯލްޑެއް ނޯންނާނެ. މިހާރުވެސް ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހިނގާ ފަދައިން، މި މަޝްރޫއުގެ ހުރިހާ ވަގުތެއްގައިވެސް، ތަރައްގީގެ ކޮންމެ ތަނެއްގައިވެސް، ހިނގާނީ ރާއްޖޭގެ ގާނޫނު،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ރަސްމާލެއަށް މުދާ ގަނެވޭނީ ސަރުކާރުން ހުއްދަދޭ ފަރާތްތަކަށެވެ. ވިސާ ދިނުމާއި ނުދިނުމުގެ ފުރިހަމަ ބާރު ސަރުކާރަށް އޮންނާނެ އެވެ. މުދަލެއް މިލްކުކުރުމުން ދާއިމީ ރެޒިޑެންސަށް ނުވަތަ ރައްޔިތުކަމަށް ބަދަލުވުމުގެ އެއްވެސް މަގެއް ނެތް ކަމަށާއި ކުރިމަގުގައި ވެސް އެފަދަ މަގެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މީހެއްގެ ވިސާ ބާތިލުކޮށްފި ނަމަ، އެ މީހަކު ރާއްޖެއިން ފައިބައިގެން ދާން ޖެހޭނެ ކަމަށެވެ. އަދި އެ މީހުންގެ މިލްކުވެރިކަމުގައިވާ މުދާ އެ މީހުންގެ ލަގެޖަށް ލައިގެން ނުގެންދެވޭނެ ކަމަށާއި އެ ތަކެތި ހުންނާނީ މި ބިމުގައި، ދިވެހި ގާނޫނުގެ ދަށުން، އެހެން ހުއްދަ އޮތް ފަރާތަކަށް ވިއްކާލެވޭ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް