ރަސްމާލޭގައި މެރީނާއަކާއި ޒަމާނީ ފެންވަރުގެ ވޯޓާފްރަންޓު ސިޓީއެއް ތަރައްގީކޮށް ހިންގަން މިދިޔަ ހޯމަ ދުވަހު ހަވާލުކުރި އަބޫދާބީގެ އީގަލްސް ހިލްސް ކުންފުނީގެ އަމިއްލަ ހަރަދުގައި ހުޅުމާލޭގައި ހަދާ ހައުސިން ޔުނިޓުތަކަށް 400-500 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން، ލިންކްޑިންގައި އިނގިރޭސިބަހުން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީގަލް ހިލްސްއިން ހުޅުމާލޭގައި ތިން ކޮޓަރީގެ 5000 ހައުސިން ޔުނިޓު ހަދައިދޭން ނިންމައިފައިވާ ކަމަށެވެ.
"މިއީ 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ހިނގާނެ ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އީގަލް ހިލްސްއިން އެ މަޝްރޫއު ކުރިއަށްގެންދަނީ، ރަސްމާލެ މަޝްރޫއުން އެއްވެސް އާމްދަނީއެއް އެ ކުންފުންޏަށް ލިބުމުގެ ކުރިން ކަމަށެވެ.
"ސަރުކާރުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދު ކުރުމެއް ނެތި އަދި އެއްވެސް ދަރަންޏަކަށް ނުވަތަ ސޮވެރިން ގެރެންޓީއަކަށް ނުގޮސް މިކަން ކުރެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށްވާ، ރަސްމާލޭގެ 20 ބިލިއަން ޑޮލަރުގެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނިން ހަދާ 5000 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ މި ފަހުން ވިދާޅުވެފައެވެ.
އަލީ ޔާމިން
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު

ކޮމެންޓް