މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، ވެސްޓްޕާކް ސަރަހައްދުން މަގުގެ އެއްފަޅި މިރޭ ދަންވަރު 12:00 އިން ފެށިގެން ބަންދުކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ވެސްޓްޕާކް ސަރަހައްދުން މަގުގެ އެއްފަޅި ބަންދުކުރި ނަމަވެސް، ދަތުރުފަތުރަށް މުޅިން ބުރޫނާރާނެހެން މަގުގެ އަނެއް ފަޅި އާންމުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
މިދިޔަ ޖޫން މަހުގެ 23 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެގޮތުން މިހާތަނަށް ދެ ފިޔަވައްސެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި، މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލައިފައެވެ.
އެގޮތުން ނޯތު ހާބަރުން ފެށިގެން ނަސަންދުރައާ ހަމައަށް ތާރުއަޅައި ފުޅާކުރުމުގެ ސަބަބުން، ކުރިން ވަރަށް ބޮޑަށް ހަލާކުވެ ބާރުބޮޑުވަމުން އައި ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ބޮޑު ހައްލެއް ލިބިފައެވެ.
ހާއްސަކޮށް، ސަރުކާރުގެ އެކި އޮފީސްތަކާއި ބީއެމްއެލް ހިމެނޭ އެ ސަރަހައްދުގެ މަގުމަތީގައި ޕާކުކުރުން މަނާކޮށް، ސައިކަލުތަކަށް ވަކިން ޕާކިން ޒޯނެއް ހަދައިދިނުމުން ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލައަށް ވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް