8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށއިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރު އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 8000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.

ގްރޭޑް 10 ނިންމާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު މިއަދުން ފެށިގެން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ.

މިނިސްޓްރީން ބުނީ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުގައި ޖުމްލަ 8111 ދަރިވަރުން ބައިވެރިވެފައިވާއިރު އެޗްއެސްސީ އިމްތިހާނުގައި 7776 ދަރިވަރުން ބައިވެރިވާނެކަމަށެވެ.

މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި ރަށްރަށުގެ 242 ސެންޓަރުގައި 2869 ދަރިވަރުން އިމްތިހާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަަ އިމްތިހާނެއްގެ ގޮތުގައި މިއަދު އެންމެ ފުރަތަމަ ދަރިވަރުން ހެދުމަށް ހަމަޖެހިފައިވަނީ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރެވެ.