ޗައިނާ ސަރުކާރުން ހުރިހާ ހަރަދެއް ދޭ ގޮތަށް ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ ދަށުން، މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ 200 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި، ޒުވާން ލީޑަރުން އުފެއްދުމުގެ މަގުސަދުގައި ދިވެހިންނަށް ހުޅުވާލި މި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލް (ސީއެސްސީ) އިންނެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ޗައިނާގެ 92 ޔުނިވަސިޓީއެއްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފުރަތަމަ ޑިގްރީ ނިންމާފައިވުމާއި އުމުރުން 45 އަހަރު ނުވާ މީހެއް ކަމުގައި ވުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މާޗް 29 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
މީގެ އިތުރުން، މި ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަންތައްތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯހެއް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ތަނެއްތޯ ބެލުމަށާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭއިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރުކުރުމަށް ވަނީ އިރުޝާދުދީފައެވެ.
މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރުމަށް ވަކި ލައިސެންސެއް އޮންނަން ޖެހޭ ދާއިރާއެއްގެ ކޯހަކަށް ހޮވޭ ދަރިވަރުން، ފުރުމުގެ ކުރިން އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ އަދި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރުކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް