ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ސެންޓާ ފޯ ޕޯސްޓްގުރެޖުއޭޓް ދަރިވަރުން ރާވައި އިންތިޒާމްކޮށްގެން ޕަލްސް އިންޓަނޭޝަނަލް ރިސާޗް ސެމިނާގެ ނަމުގައި ސެމިނާ އެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އައިޔޫއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ސެމިނާ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެ ޔުނިވިސީޓީގެ ހޯލުގައި ކަމަށެވެ.
އައިޔޫއެމްއިން ބުނީ "ޕަލްސް" ނުވަތަ "ޕޯސްޓްގުރެޖުއޭޓް އަންޑާސްޓޭންޑިން، ލާނިން އެންޑް ޝެއަރިން އެކްސްޕީރިއަންސް" އަކީ ޕޯސްޓް ގުރެޖުއޭޓް ދަރިވަރުން ދިރާސާކުރުމަށް އަހުލުވެރިކުރުވައި ދިރާސާކުރުމުގެ ވެއްޓެއް ފޯރުކޮށްދިނުމުގެ އަޒުމުގައި ސެންޓާ ފޯ ޕޯސްޓްގުރެޖުއޭޓް ސްޓަޑީޒްގެ ފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށެވެ.
އައިޔޫއެމްއިން ބުނީ މިދިޔަ 2025 ވަނަ އަހަރު، މަތީ ތައުލީމަށް އުނގަންނައިދޭ ހުރިހާ އިންސްޓިޓިއުޓް ތަކަކަށް ހުޅުވާލައިގެން ބާއްވަން ފެށި ޕަލްސް ސެމިނާ ބާއްވަމުން އަންނަތާ މިއީ ދެ ވަނަ އަހަރު ކަމަށެވެ. އަދި މިއަހަރުގެ މި ހަރަކާތް އިންޓަނޭޝަނަލް ޕްލެޓްފޯމަށް ފުޅާކުރެވި، ޕަލްސް ސެމިނާއިން ޕަލްސް އިންޓަނޭޝަނަލް ސެމިނާއަށް ބަދަލުކުރެވިފައިވާ ކަމަށް ބުންޏެވެ.
މިފަހަރުގެ ސެމިނާގައި ރާއްޖޭގެ ދަރިވަރުންގެ އިތުރުން، އަވައްޓެރި ދެ ގައުމަކުން ދަރިވަރުން ބައިވެރިވެފައި ވާ ކަމަށް އައިޔޫއެމްއިން ބުންޏެވެ. އަދި މި ދަރިވަރުންގެ ހުރިހާ ހަރަދެއް ސްޕޮންސަރކޮށްފައިވަނީ ރާއްޖޭގެ އައިޔޫއެމްގެ ފަރާތުން ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
އައިޔޫއެމްއިން ބުނީ ސެމިނާގައި ކުރިއަށް ގެންދާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ދިރާސީ ކަރުދާސް ހުށަހެޅުމާއި ޕޯސްޓަރު ކަރުދާސް ހުށަހެޅުން ހިމެނޭ ކަމަށެވެ. އަދި ދާއިރާގެ މާހިރުންގެ ފަރާތުން ބިނާކުރަނިވި ފީޑްބެކް ލިބޭ ގޮތަށް ރާވައިލެވިފައިވާ މި ހަރަކާތަކީ، މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ދިރާސާކުރުމުގެ ފަންނުގެ ތެރެއަށް ލޯ ހުޅުވާލަދީ، ދިރާސާ ކުރުމަށް ހިތްވަރުދީ، އެހީވެދޭނޭ ހަރަކާތެއް ކަމަށް ބުންޏެވެ.
މީގެ އިތުރުން އައިޔޫއެމްއިން ބުނީ ދިރާސީ ކަރުދާސް ހުށަހެޅުމުގެ އިތުރުން ދިރާސީ މައުލޫއަށް އިލްމީ ގޮތެއްގައި ކުރެވޭ އިންޓަރ ކުއްލިއްޔާ ބަހުސެއްވެސް މި ސެމިނާގައި ކުރިއަށްދާނެ ކަމަށެވެ. އަދި ޝައުގުވެރި، އިލްމީ މާހައުލެއްގައި ކުރިއަށް ގެންދެވޭ މި ހަރަކާތަކީ ބައިވެރިންނަށް ހަނދާނީ ލިޔުމާއި އެކި ކަހަލަ އިނާމުތައްވެސް ލިބިގެންދާ ހަރަކާތެއް ކަމަށްވެސް ބުންޏެވެ.
އަލީ ޔާމިން
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
ކޮމެންޓް