"ލިންޑްސީ އޯ ގްރަހަމް ސޭންކްޝަނިންގ ރަޝިއާ އެންޑް އީރާން އެކްޓް އޮފް 2026" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތަސްދީގުކުރައްވައިފިއެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ގާނޫނުގެ މައިގަނޑު މަގުސަދަކީ އީރާނާއި ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމެވެ.
މި ގާނޫނުގެ ދަށުން، އީރާނުގެ އިގުތިސާދީ މުހިންމު ދާއިރާތަކަށް އަމާޒުކޮށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށް، އާ ފިޔަވަޅުތަކެއް ތައާރަފުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފާސްކޮށްފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އީރާނުގެ ހަކަތައާއި މާލީ ދާއިރާއާ މުއާމަލާތްކުރާ ބޭރުގެ ކުންފުނިތަކަށްވެސް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އެމެރިކާގެ ސަރުކާރަށް ލިބިގެންވެއެވެ. މީގެ އިތުރުން، އީރާނުގެ އަސްކަރީ ޕްރޮގްރާމްތަކަށް އެހީތެރިވާ ފަރާތްތަކާ ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މި ގާނޫނުގައި ހިމަނާފައިވާ ކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކައެވެ.
މި ގާނޫނުގެ ސަބަބުން، މީގެ ކުރިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބިލު ތަސްދީގުކުރެއްވުމަށްފަހު ޓްރަމްޕް ވިދާޅުވި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް