2033 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖެއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތަކުން އަމިއްލައަށް ފުދުންތެރިވެވޭ މިންވަރަށް ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތު ތަންފީޒު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން ފުޑް ސެކިއުރެޓީ ގާއިމުކުރުމަށްޓަކާ ކުރާ ކަންކަމަށް އާ ދޮރުތައް ހުޅުވި، ގާނޫނޫތަކަށް ބަދަލު ގެނެސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ފުޑް ސެކިއުރެޓީގެ ދާއިރާއިން ރާއްޖޭގެ އުފެއްދޭ ބާވަތްތައް، އެތެރެ ނުކޮށް ވާނެ ވަރަށް ކަންކަން އިންތިޒާމު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެ ބޭނުމަކީ 2033 ހަމައަށް ދާއިރު ރާއްޖޭގެ އުފެއްދޭ މައިގަނޑު ބާވަވްތައް، ރާއްޖެއަށް އެތެރެކުރަން ނުޖެހޭ ވަރަށް އިރާދަކުރެއްވިއްޔާ ރާއްޖޭގަ އެގްރިކަލްޗާ އިންޑަސްޓްރީ ފުޅާކުރުން. އެ ހިސާބަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނަން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް