ޕީއެންސީގެ ކޮންގްރެސްގައި އެކި މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނާއި، ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ޕީއެންސީގެ ކޮންގްރެސްގެ މިއަދު ޖަލްސާގެ ތެރެއިން ބޭއްވި ސެޝަނެއްގައި އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނަށާއި އައްޔަންކުރެއްވި ބޭފުޅުންނަށް އިގުރާރު ލައިދެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އެވެ. މި އިގުރާރު ލައިދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ހަ ބޭފުޅުން ވެސް ވަނީ އިގުރާރުވެވަޑައިގެންފައެވެ.

އެ ބޭފުޅުންނަކީ:

  • ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު)
  • ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
  • ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

މީގެ އިތުރުން، މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގެ މަގާމުތަކުން ޕާޓީގެ ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، މިނިސްޓަރު އަބްދުﷲ ނާސިރު، މިނިސްޓަރު މުހައްމަދު އަމީން، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް، މިނިސްޓަރު މުހައްމަދު ތޮލާލް، މިނިސްޓަރު ގީލާ އަލީ އަދި ސަފީރު އާދަމް ޝަރީފް ހިމެނިވަޑައިގަންނަވައެވެ. ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންގެ ތެރެއިން ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އަދި އެމްޑީ ހަމްދާން ޝަކީލް ވެސް ވަނީ މަގާމުގެ ހުވާކުރައްވައިފައެވެ.

ޕީއެންސީގެ މަތީ މަޖިލީހަށް އިންތިހާބުވި އަންހެން މެންބަރުންގެ ގޮތުގައި މަރިޔަމް ޝިއުނާ، ޝެރީނާ އަބްދުއްސަމަދު، ފާތިމަތު މިޒްނާ އަލީ، މަރިޔަމް ސާމިޔާ، އައިޝަތު މުހައްމަދު، އާސިޔަތު ރީސާ މުހައްމަދު، ފާތިމަތު މުހައްމަދު، ފާތިމަތު ރުހްސާނާ އަދި އައިމިނަތު ޝުހުދާ ވަނީ ހުވާކުރައްވައިފައެވެ.

ހަމައެއާއެކު، ޒުވާން މެންބަރުންގެ ގޮތުގައި މަތީ މަޖިލީހަށް އިންތިހާބުވި ސިމާން ހާދީ، އިބްރާހިމް އަދްޔަން ނިމާލް، މަލްޝާ ޝަރީފް، މުހައްމަދު އަސީލް، ލުޖައިނުﷲ ޒުހައިރު، އިސްމާއިލް ރިފާއު އަދި ހައްމާދު ރަޝީދުގެ އިތުރުން، އާންމު މެންބަރުންގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި 18 ބޭފުޅުން ވެސް ވަނީ ހުވާކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި އަންހެނުންގެ ހަރަކާތުގެ ރައީސާ ހީނާ ވަލީދު ހިމެނިވަޑައިގަންނަވާހެން އެ ހަރަކާތުގެ އިސް ބޭފުޅުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސް އިބްރާހިމް އަބާން އާއި އެ ހަރަކާތުގެ މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން ވެސް ހުވާކުރައްވައިފައެވެ.

މީގެ އިތުރުން ޕާޓީގެ އިދާރީ މަގާމުތަކާއި، ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކަށް ހޮވުނު ބޭފުޅުން ވެސް ވަނީ މަގާމުގެ ހުވާކުރައްވައިފައެވެ.