ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ފުލުހުންގެ އިދާރާގައި ނެޝަނަލް ޓާގެޓިން ސެންޓަރެއް މިހާރު ގާއިމުކޮށްފައިވާކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ، ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްގެ ސެޝަނެއްގައި ރާއްޖެއަށް ޑްރަގް އެތެރެ ކުރުން ހުއްޓުވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާބެހޭ މައުލޫމާތު ދެއްވަމުންނެވެ.
"ނެޝަނަލް ޓާގެޓިން ސެންޓަރެއް ހަދައި ސީދާ ރާއްޖެއަށް ޑްރަގް އެތެރެކުރަނީ ކޮންބައެއްކަން އައިޑެންޓިފައިކޮށް އެ މީހުންނާދޭތެރޭގައި ފިޔަަވޅު އެޅުމުގެ މަސައްކަތް ކުރަމުންދަނީ، އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ޑްރަގް އެތެރެކުރާ އަސްލު މީހުންނާ ދޭތެރޭ ފިޔަަވަޅު އެޅިގެންދާނެ،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ޑްރަގް މައްސަލަތަކުގައި ފިޔަވަޅު އެޅެމުން އައީ އެ މައްސަލައިގެ މެދުގައި ހުންނަ މީހާއަށް ކަމަށެވެ. އެ ފިޔަވަޅު އަޅާ މީހާވެސް ދުވަސްކޮޅަކުން ދޫކޮށްލާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ނަމަވެސް ޑްރަގް މައްސަލަތައް ހައްލު ކުރުމަށް މިހާރު ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަ ކުރައްވައި އެކުމުގެ ތަފްސީލުތައް މިނިސްޓަރު ހިއްސާ ކުރެއްވިއެވެ.
"އިންޓަނޭޝަނަލް އެއާޕޯޓްތަކުން މިވަގުތު އެތެރެކުރަމުންދާ ކާގޯ ވަރަށް ހެވިލީ އަޅުގަނޑުމެން ސްކޭން ކުރާނަން ޕޯސްޓްގެ ތެެރެއިން ރާއްޖެ އެތެރެކުރެވިގެން އަންނަ އެއްޗެހި ހެވީލީ ސްކޭން ކުރާނަން، ކޮށްފަ އިންޓްރޮޑަކްޝަނާ އަދި ހަމައެއާއެކު، ކޮންޓްރޯލް ޑެލިވަރީގެ ޒަރީއާއިން އޭގެ އަސްލާ ދިމާލަށް އެބަ ދަތުރުކުރަން އަދި އެ އެތެރެ ކުރި ފަރާތްތަކާ ދޭތެރޭގައި ވިޔަފާރި ކުރުމުގެ ނަޒަރުން ބަަލއިގެން އެއަށް އަޅުގަނޑުމެން ތަހުގީގުކޮށް މަނީ ލޯންޑްރިންއަށް އެމީހުންވެސް ނަގާނަން، މިއީ މިހާތަަނަށް ޑްރަގް ސަޕްލައިއާ ދޭތެރޭގައި ކުރަމުން އަންނަ ކަންތައްތަކަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް