ކެނަބިސް ޓްރެފިކް ކުރި މީހަކު 17 އަހަރުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުުން ހުކުމް ކުރީ ޅ. ހިންނަވަރު ކަފިދޫގެ ހާރޫން ޖައިލަމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން ކުރީ، ހޮޓެލް ޖެން ކައިރީގައި އޮންނަ ޕާކިން ޒޯނުގައި ބަހައްޓާފައިހުރި ސައިކަލެއްގެ މަޑި ދަށުގައި މަސްތުވާތަކެތި ރައްކާކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް ބެލުމަށްފަހު، އޭނާ ހުއްޓުވައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަަލައި ފާސް ކުރިއިިރު، ސައިކަލް މަޑިދަށުން އެކި އެއްޗެއްސަށް ލައި އެކި ގޮތްގޮތަށް ޕާރުސަލްކޮށްފައި ހުރި ކެނަބިސް ފެނިގެންނެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ވަކި ހިސާބަކުން ދައުލަތާއެކު އޭނާ އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށްފަހު ކޯޓަށް ހުށަހެޅިއެވެ.

އެހެންކަމުން މި މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ 17 އަހަރުގެ މުއްދަތަށް ޖަަލަށް ލުމަށެވެ.

އޭގެ އިތުރުުން 100،000 ރުފިޔާއިން ޖޫރިމަނާކޮށް 12 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންވެސް ހުކުމުގައި އޭނާއަށް ވަނީ އަންގައިފައެވެ.