އެމެރިކާއާއި އީރާނާ ދެމެދު ކުރިޔަށްދާ ހަނގުރާމަ ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އުންމީދުކުރެއްވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި މައްސަލަޔާ ގުޅޭގޮތުން އީރާނުގެ ފަރާތްތަކާ “ސީދާ” ވާހަކަފުޅުދައްކަވާފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، މި މަޝްވަރާތަކުގައި ބައިވެރިވީ އީރާނުގެ ކޮން ފަރާތްތަކެއް ކަމެއް، އަދި ވާހަކަދެކެވުނީ ކޮން ކަންތައްތަކަކާ ގުޅޭގޮތުން ކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، 2015 ވަނަ އަހަރު އެކުލަވައިލި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަލުން އަޅަން ފެށުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން އީރާނުން ވަނީ އެމެރިކާގެ ފިޔަވަޅުތަކަށް ރައްދުދޭނެ ކަމަށް ބުނެފައެވެ.
އީރާނާ އެކު ސީދާ ވާހަކަދައްކަވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުގެ ރަސްމީ ފަރާތްތަކުން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް