އިދިކޮޅުން އުޅެނީ ހަމަނުޖެހުން ހިންގުމަށް ކަމަށާއި ޕީއެންސީ ތެރެއަށް އެކަން ވެއްދުމަށް ފުރުސަތުދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ސަރުކާރު ހިންގާ ޕީއެންސީގެ ކޮންގްރެސް ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ ޕާޓީގެ ދައުރު ފުޅާކޮށް އިތުރުކޮށް ހުރިހާ ގުނަވަންތަކެއް އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި އެއް ރޫހެއްގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ހުރިހާ މަންދޫބުންގެ ބައިވެރިވުމާއެކީގައި އެއް އާއިލާއެއްގެ ގޮތުގައި ވަރުގަދަ ރޫހެއްގައި ގައުމީ މަސްލަހަތު އިސްކޮށް، އެންމެ ފުރަތަމަ ގައުމުގެ ޝިއާރު އިސްކުރުން ހަނދާނުގައި ބަހައްޓައިގެން، ސިޔާސީ މައިދާން ފުރިހަމަ ހާލަތަކަށް ގެންދިއުމަށް ޕީއެންސީން މިސާލު ދައްކާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި ޕީއެންސީގެ މެންބަރުންގެ އަދަދު މިއަދު 80،000 އާ ގާތްކޮށްފައިވަނީ ޕާޓީގެ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ މައުދާނުގައި އިދިކޮޅު ފަރާތްތަކުން ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި، އިމެއްނެތި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކަންކަން ކުރަމުންދާތަން ފެންނަ ކަމަށާއި ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއަށް އެކަންކަން ވެއްދުމަށް ފުރުސަތުދީގެން ނުވާނެ ކަމަށެވެ. އަދި ޕީއެންސީގެ އަމާޒަކަށް ވާންވާނީ ގައުމަށް ތަރައްގީ ގެނައުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕީއެންސީގެ ކޮންގްރެސްގައި 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. މި ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ ހަ ނައިބު ރައީސުންގެ މަގާމަށާއި މަތީ މަޖިލީހުގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް