އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް އެހީތެރިވި ކަމަށް ބުނެ، ރަޝިޔާ ސަރުކާރު ހިއްސާވާ ވީޓީބީ ބޭންކަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވީޓީބީ ބޭންކުން އީރާނުގެ މާލީ އިދާރާތަކާ ގުޅިގެން މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އީރާނަށް ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރެއިން މުއާމަލާތްކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މި ފިޔަވަޅުތަކުގެ މަގުސަދަކީ އީރާނާއި ރަޝިޔާއިން ގުޅިގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުން ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.
ވީޓީބީ ބޭންކަކީ އީރާނުގައި ރަސްމީކޮށް އޮފީހެއް ހުޅުވައިގެން ހަރަކާތްތެރިވަމުން އަންނަ ރަޝިޔާގެ މަދު ބޭންކުތަކުގެ ތެރެއިން އެއް ބޭންކެވެ. އެ ބޭންކުން އީރާނުގައި ހަރަކާތްތެރިވާން ފަށާފައިވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރުމާ ގުޅިގެންވެސް އެމެރިކާއާއި ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން - އީޔޫ) އިން ވަނީ ވީޓީބީ ބޭންކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ދަށުން އެ ބޭންކުގެ ބައިނަލްއަގުވާމީ ގިނަ މުއާމަލާތްތަކެއް ވަނީ ހުއްޓުވައިފައެވެ.
ރަޝިޔާ
ރަޝިޔާ
ރަޝިޔާ
ރަޝިޔާ
ކޮމެންޓް