މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެންޗެސްޓާ ޑާބީގައި، ސިޓީން މޮޅުވި ގޯލުގައި ރެފްރީގެ ފަރާތުން ގޯހެއް ހެދުނު ކަމަށް ޕްރިމިއާ ލީގުގެ ރެފްރީން ބޮޑީ، ޕްރޯ ރެފްއިން އިއުތިރާފުވެއްޖެއެވެ.
އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު ޑާބީގައި ސިޓީން ޔުނައިޓެޑް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގެ ފުރަތަމަ މެންޗެސްޓާ ޑާބީން ކުރި ހޯދައި ސިޓީން ވަނީ އެއްވަނައިގައި އޮތް އާސެނަލާ ހަމަކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ޖޮސްކޯ ގްވާޑިއޯލް ނަގައިދިން ހުރަސް، އާލިން ހާލަންޑް ބޮލުން ގޯލަށް ފޮނުވާލި އިރު، އެ ގޯލް އޮފްސައިޑް ކަމަށް ފުރަތަމަ ލައިންސްމަން ދިދަ ނެގިއެވެ.
ހާލަންޑް އޮފްސައިޑެއްގައި އޮތްތޯ ބެލި ނަމަވެސް، ވީއޭއާރް ނިންމީ ސައިޑް ނޫން ކަމަށެވެ. އެ ގޯލާމެދު ސުވާލު އުފެދުނީ އޭގެ ކުރިން އެންޒޯ ފެނާންޑޭޒް އެ ބޯޅައަށް މަސައްކަތްކުރި އިރު، އޮފްސައިޑް މަގާމެއްގައި އޮތުމުންނެވެ. އޭނާ ބޯޅައިގައި ނުޖެއްސިނަމަވެސް ޔުނައިޓެޑްގެ ޑިފެންޑަރަށް އެންޒޯގެ ސަބަބުން ބޯޅައަށް މަސައްކަތްކުރަން އުނދަގޫވިއެވެ.
އެކަމުގެ ޝަކުވާ މެޗަށްފަހުވެސް ޔުނައިޓެޑް ކުޅުންތެރިން ކޮށްފައިވާ އިރު، ޕްރޯ ރެފްގެ ބަޔާނެއްގައި ބުނީ އެންޒޯ ބޮލުގައި ބޯޅަ ނުޖެހުނު ނަމަވެސް، އޭނާ އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައަށް ކުރި މަސައްކަތަކުގެ ސަބަބުން އެއީ އޮފްސައިޑެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެ ނިންމުމުގައި ވީއޭއާރް ނިންމީ ގޯސްކޮށް ކަމަށާއި، އެކަން ޔުނައިޓެޑަށްވެސް އަންގާފައިވާ ކަމަށް ޕްރޯ ރެފްއިން ބުނެފައިވެއެވެ.
މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކްވެސް ބުނެފައި ވަނީ އެ ނިންމުމާ ދޭތެރޭ އޭނާވެސް ހައިރާންވި ކަމަށާއި، އެއީ ގަބޫލުކުރަން އުނދަގޫ ނިންމުމެއް ކަމަށެވެ.
ރޭގެ މެޗުގެ ރެފްރީއަކީ އިނގިރޭސި ތަޖުރިބާކާރު ރެފްރީ މައިކަލް އޮލިވާއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
ކޮމެންޓް