އީރާނުގެ ޖަލުތަކުގައި މަރުގެ އަދަބު ދިނުމުގެ ބިރު ހީވެފައިވާ 8 އަންހެނަކު އެބަތިބި ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފިއެވެ.
އެޗްއާރްއޭއެންއޭ އަދި އީރާން އިންޓަނޭޝަނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި 8 އަންހެނުންގެ މައްޗަށް އުފުލާފައިވަނީ އީރާނުގެ ގާނޫނުލްއުގޫބާތުގެ ދަށުން މަރުގެ އަދަބު ކަނޑައެޅޭ ފަދަ ބޮޑެތި ދައުވާތަކެކެވެ. މީގެ ތެރޭގައި ހަތިޔާރު އެޅި ބަގާވާތް ކުރުމާއި، ކަލާނގެއާ ދެކޮޅުވެރިވުމުގެ އިތުރުން ބިމުގައި ފަސާދަކުރުމުގެ ދައުވާ ހިމެނޭ ކަމަށް އެ މީޑިއާތަކުން ބުނެއެވެ.
މި މައްސަލަތަކުގެ ތެރެއިން، ޖެނުއަރީ މަހު އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ހަތަރު އަންހެނެއްގެ މައްޗަށް ވަނީ ހުކުމް އިއްވާފައެވެ. އީރާން އިންޓަނޭޝަނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަތަރު މީހުންނަކީ މަރްޔަމް ހަދާވަންދު، މަހްނާޒް ޗަރްދޫލީ، ލައިލާ އަބޮލްހަސަނީ އަދި ތަރާނޭ ރަހީމީ އެވެ.
މީގެ ތެރެއިން މަރްޔަމް ހަދާވަންދުގެ މައްސަލަ ކުރިއަށްގެންގޮސްފައިވަނީ ޕަކްދަޝްތުގައެވެ. އެޗްއާރްއޭއެންއޭ އިން ބުނާ ގޮތުގައި، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މުޒާހަރާތަކުގައި ބައިވެރިވި ކަމަށް ބުނެއެވެ. އަދި މި ހުރިހާ އަންހެނުންނަށް ވެސް ކުރިމަތިވެފައިވަނީ އީރާނުގެ ޝަރުއީ ނިޒާމުގެ ތެރެއިން ދެވޭ އެންމެ ހަރުކަށި އަދަބުތައް ކަމަށް އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
މި އަންހެނުންގެ މައްސަލަތަކާ ގުޅިގެން އީރާނުގެ ރަސްމީ ފަރާތްތަކުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް