ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބައެއް ސަރަހައްދުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ.
އަންނަ އަންގާރަ ދުވަހާ ހިސާބަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީން ލަފާކޮށްފައިވާ އިރު، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ.
ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން 11:30 އަށެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެ އިތުރުން ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ފަތިހު 5:00 އިން ފެށިގެން ހެނދުނު 10:00 އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން އިއްޔެ ވަނީ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް އޮރެންޖު އެލާޓް ވެސް ނެރެފައެވެ. މޫސުން ގޯސްވުމާ ގުޅިގެން އެ ދެ ސިޓީގައި ފެންބޮޑުވެ ގެތަކަކަށް ވަނީ ގެއްލުންތަކެއް ވެސް ވެފައެވެ. ނަމަވެސް ފަހުން އެ އެލާޓް ވަނީ ރީނދޫ އެލާޓަށް ބަދަލުކޮށްފައެވެ.
ކުރިއަށް އޮތް ހަފުތާއަކީ ސްކޫލުތަކުގެ މިޑް-ޓާމް ޗުއްޓީ ދުވަސްވަރު ކަމަށްވާ އިރު، އެ ހަފުތާގެ ގިނަ ދުވަސްތަކުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމީ ރިކޯޑުތަކުން ދައްކައެވެ. އެކަމާ ގުޅިގެން މެޓް އޮފީހުން ވަނީ މޫސުމަށް ބަލައިގެން ދަތުރުތައް ކުރުމަށް އިލްތިމާސްކޮށްފައެވެ.
މާލެއަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވެނީ އަންނަ އާދިއްތަ އާއި ބުދަ ދުވަހުއެވެ.
މޫސުމް
މޫސުމް
މޫސުމް
މޫސުމް
ކޮމެންޓް