ސިނަމާލެ ބުރިޖުގެ ތަނބަކަށް ތެޔޮ ބޯޓެއް އުރިއްޖެއެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އެ ހާދިސާގެ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ތެޔޮ ބޯޓު ކާނިވަލާ ދިމާލުން އޮއެވަރުގައި ބުރިޖާ ދިމާލަށް ދެއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ކޮންޓްރޯލުން ނެއްޓި، ބުރިޖުގެ ތަނބެއްގައި ޖެހި، އުރިފައިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބަހެއް ލިބިފައިނުވެއެވެ.