ނޮވެމްބަރު މަހު ބާއްވާ އެ ގައުމުގެ މެދުތެރޭގެ އިންތިޚާބަށްފަހު އީރާނާއެކު މިހާރު ކުރަމުންދާ ހަނގުރާމަ ވަގުތުން ނިމުމަކަށް އަންނާނެ ކަމަށާއި، ތެލުގެ އަގު ދަށަށްދާނެ ކަމަށް ލަފާކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިދާޅުވެއްޖެއެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، ޓްރަމްޕް ވިދާޅުވީ އީރާނުން މަސައްކަތްކުރަމުންދަނީ އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އިންތިޚާބަށްފަހު ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ޓެކްސަސްގެ ޑެލަސްއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާ ސަރުކާރުން އީރާނާއެކު އެއްބަސްވުމަކަށް އައުމަށް މިހާރު އިސްނަގައިގެން މަސައްކަތް ނުކުރި ނަމަވެސް، މަޝްވަރާކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އީރާނުން ދެން މާގިނަ ދުވަހަކު އެމެރިކާގެ ހަމަލާތަކަށް ކެތްކޮށްގެން ނުތިބެވޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަރަށް ބޮޑަށް އުފުލިފައިވީ ނަމަވެސް، އިންތިޚާބަށްފަހު އެ އަގުތައް ހަމައަކަށް އެޅޭނެކަމަށް އެމެރިކާގެ ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އީރާނުގެ ސަރުކާރާއެކު ވާހަކަދެއްކިދާނެ ކަމަށް ވިދާޅުވި ނަމަވެސް، އެއީ މިވަގުތު އެމެރިކާއިން އެންމެ ބޮޑަށް ބޭނުންވާ ގޮތް ނޫންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް