އެޕަލް ކުންފުނިން އައިފޯން 18 ޕްރޯ އާއި އެއަރޕޮޑްސް ޕްރޯ 3 އަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އާ އެކްސެސަރީތަކެއް ރޭ ބޭއްވި ހާއްސަ އިވެންޓުގައި ނެރެފިއެވެ.
މީގެ ތެރޭގައި ފޯނާއި އެއަރޕޮޑްސް އަތުގައި އަޅުވައިގެން ގެންގުޅެވޭނެ ގޮތަށް ސަތޭކަ އިންސައްތަ ރީސައިކަލްކޮށްފައިވާ ތަކެތިން ހަދާފައިވާ ރިސްޓް ސްޓްރެޕްތަކާއި ކްރޮސްބޮޑީ ސްޓްރެޕްތައް ހިމެނެއެވެ. މީގެ އިތުރުން ހަ ކުލަޔަކުން ލިބެން ހުންނަ މެގްސޭފް ކޭސްތަކާއި ވޮލެޓުތައްވެސް ވަނީ ދައްކާލާފައެވެ.
"ސަޕްރައިޒް އެންޑް ޝައިން" އިވެންޓުގައި ތައާރަފުކުރި މި ހުރިހާ އެކްސެސަރީތަކެއް މިހާރު ޕްރީ-އޯޑަރަށް ހުޅުވާލާފައިވާއިރު، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މި ތަކެތި އާންމުކޮށް ވިއްކަން ފަށާނެއެވެ.
އެޕަލް އިން ރޭ ވަނީ އެ ކުންފުނީގެ ފުރަތަމަ ފަތްޖެހޭ ފޯނުވެސް ނެރެފައެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް