އެޕަލްއިން އެ ކުންފުނީގެ ފުރަތަމަ ޓަޗްސްކްރީން މެކްބުކް ޕްރޯ އަދި އާ އައިޕެޑް މިނީ މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ތައާރަފުކުރަން ނިންމައިފިއެވެ.
މި ހަބަރު އާންމުކޮށްފައިވަނީ ބްލޫމްބާގް ނޫހުން ޝާއިއުކުރި ރިޕޯޓެއްގައެވެ. މިއީ މި އޮކްޓޯބަރު މަހުގެ ތެރޭގައި އެޕަލްއިން ބާއްވާ ދެވަނަ ހާއްސަ އިވެންޓެވެ.
އަލަށް ތައާރަފުކުރާ ޓަޗްސްކްރީން މެކްބުކް ޕްރޯ މޮޑެލްތަކުގައި ހިމެނޭނީ އޯއެލްއީޑީ ޑިސްޕްލޭއަކާއި 'ޑައިނާމިކް އައިލެންޑް' ފީޗާއެވެ. 14 އިންޗި އަދި 16 އިންޗީގެ ސައިޒުތަކުގައި ނެރޭ މި ލެޕްޓޮޕްތަކަކީ މިހާރު ހުރި މޮޑެލްތަކަށްވުރެ ލުއި އަދި ތުނި އުފެއްދުންތަކެކެވެ.
މީގެއިތުރުން، މި ލެޕްޓޮޕްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޕަލްގެ އެންމެ ފަހުގެ އެމް5 ޕްރޯ އަދި އެމް5 މެކްސް ޗިޕްސެޓްގައި ކަމަށް ހަބަރުތައް ބުނެއެވެ.
މީގެ އިތުރުން، އާ އައިޕެޑް މިނީގައިވެސް އޯއެލްއީޑީ ސްކްރީނެއް ހިމެނުމަށް ވަނީ ނިންމައިފައެވެ. މި ޓެބްލެޓްގެ ކުރިމަތީ ކެމެރާ ލޭންޑްސްކޭޕް އޮރިއެންޓޭޝަނަށް ބަދަލުކޮށް، އަޑުގަދަކުރާ ނިޒާމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި އައިޕެޑް މިނީގައި ބޭނުންކުރާނީ އޭ20 ޕްރޯ ޕްރޮސެސަރެއް ކަމަށް ހަބަރުތައް ބުނެއެވެ.
މި މަހު 27 ގައި ބާއްވާ އިވެންޓުގައި ޓަޗްސްކްރީން މެކްބުކްގެ އިތުރުން، އެމް6 ޗިޕް ހިމެނޭ 14 އިންޗީގެ މެކްބުކް ޕްރޯ އާއި އައިމެކްވެސް ދައްކާލާނެ ކަމަށް ބެލެވޭ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ. މި އިވެންޓު ކުރިއަށްދާނީ އޮންލައިން ޕްރެޒެންޓޭޝަނަކާއެކު ނޫސްވެރިންނަށް ހާއްސަ ހަރަކާތްތަކަކާއެކުގައެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް