އެންމެ ފެންވަރު ރަނގަޅު އޯޕަން-އިޔާ އެކްޓިވް ނޮއިސް ކެންސެލޭޝަން އަދި ސިރީ އޭއައި އެކުލެވޭ ގޮތަށް އެޕަލް ކުންފުނިން އެންމެ ފަހުގެ "އެއާޕޮޑްސް 5" ތައާރަފުކޮށްފިއެވެ.
ކެލިފޯނިއާގައި ރޭ ބޭއްވި "ސަޕްރައިޒް އެންޑް ޝައިން" އިވެންޓުގައި ދައްކާލި މި އެއާޕޮޑްސްއަކީ އަޑުއެހުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭނެ އުފެއްދުމެކެވެ. މިއީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ އަގުހެޔޮ އަދި އެންމެ ގިނަ ފީޗާތައް އެކުލެވޭ އެއް އެއާޕޮޑްސްއެވެ.
އެއާޕޮޑްސް 5 ގައި ހިމެނޭ އާ އެކްޓިވް ނޮއިސް ކެންސެލޭޝަންގެ ސަބަބުން، ކުރިން ނެރުނު އެއާޕޮޑްސް 4 އަށް ވުރެ 50 އިންސައްތަ އިތުރަށް ބޭރުގެ އަޑުތައް ކަނޑުވައިދޭނެއެވެ. މީގެ އިތުރުން، އާ މަލްޓިޕޯޓް އެކޫސްޓިކް އާކިޓެކްޗާއަކާއި އެޑެޕްޓިވް އީކިއު މި މޮޑެލްގައި ހިމަނާފައިވެއެވެ. މިއާއެކު ބޭނުންކުރާ މީހުންނަށް ވަށައިގެންވާ މާހައުލާ ގުޅޭގޮތަށް އަޑުތައް އަމިއްލައަށް ބަދަލުކޮށްދޭނެއެވެ.
މި އާ މޮޑެލްގައި ސިރީ އޭއައި އާއި ލައިވް ޓްރާންސްލޭޝަންގެ ހިދުމަތްވެސް ހިމަނާފައިވެއެވެ. އެހެންކަމުން އަތް ބޭނުންކުރުމަކާ ނުލައި، ހަމައެކަނި ބޮލުގެ އިޝާރާތުން ސިރީއަށް ޖަވާބުދިނުމުގެ ގާބިލުކަން މިހާރު ލިބޭނެއެވެ. އަދި އެކި ބަސްބަހުން މުއާމަލާތްކުރުމަށް ލައިވް ޓްރާންސްލޭޝަންގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
އެއާޕޮޑްސް 5 ގެ އާދައިގެ މޮޑެލްގެ އަގަކީ 129 އެމެރިކާ ޑޮލަރެވެ. ނަމަވެސް 149 ޑޮލަރަށް ލިބޭ މޮޑެލްގައި ވައިލެސް ޗާޖިން ކޭސްއަކާއި، ގިނަ ވަގުތު ބެޓެރީ ހިފަހައްޓައިދޭ ފީޗާގެ އިތުރުން އެއާޕޮޑްސްގެ ދަނޑިގަނޑުން އަޑު މަޑުކޮށް ގަދަކުރެވޭނެ ފީޗާ ހިމެނެއެވެ. މި އުފެއްދުންތައް މިއަދުން ފެށިގެން ޕްރީއޯޑަރަށް ހުޅުވާލާފައިވާއިރު، މި މަހުގެ 18 ވަނަ ދުވަހު ފިހާރަތަކުން ލިބެން ހުންނާނެއެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް