އެއް ކިލޯގެ މަސްތުވާތަކެއްޗާއި ވޭޕް ކާޓްރިޖްތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު ހަމަވާތީ، އޭނާގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.
މި މަހުގެ ދެވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ކ. ހުރާ، ސާނީވިލާ، އުމުރުން 26 އަހަރުގެ ހުސައިން ޝާވިންއާއި، ތ. ތިމަރަފުށި، ވިލާ، އުމުރުން 21 އަހަރުގެ މަރްޔަމް އިޝާ އަޝްރަފްގެ އިތުރުން ސ. ހުޅުދޫ، ރޭޝަމް، އުމުރުން 25 އަހަރުގެ މުހައްމަދު ނާހިލްއެވެ.
މި އޮޕަރޭޝަންގެ ތެރެއިން މާފަންނުގައި ހުންނަ ގެއެއް ބަލައިފާސްކުރިއިރު، 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރުގެ އިތުރުން ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން ޝާވިންއާއި އިޝާ އަޝްރަފް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުހައްމަދު ނާހިލް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އޭރު ވަނީ އަމުރުކޮށްފައެވެ.
އޭގެ ތެރެއިން ނާހިލްގެ ބަންދު މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމަށް އޭނާ އިތުރު ދިހަ ދުވަހު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުގައިވާގޮތުން އޭނާގެ ޔޫރިން ޓެސްޓުކުރި އިރު، ޓީއެޗްސީ އަދި ސީއޭޓީއަށް ޕޮޒިޓިވެވެ.
ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގައިވާ ގޮތުން، އެމީހުން ދިރިއުޅެމުންދިޔަ ގޭގެ ސިޓިންރޫމްގައި އެމީހުން ތިބި ދިމާލު މޭޒެއްގެ މަތީގައި ތައްޓެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑިތަކެއް ހުރި ތައްޓަކާއި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ ޒާތުގެ ތާސްބައިގަނޑު އަދި ދަޅެއްގެ މަތީގައި ފޯނެއް ބަހައްޓައިގެން އެ ތަކެއްޗަށް އަލިކޮށްފައި ހުރި މަންޒަރު ފެނިފައިވާ ކަމަށެވެ.
އެތަނަކީ ހުސައިން ޝާވިންގެ ރައްޓެއްސެއް ބުނެގެން އޭނާ ހިފާފައި ހުރި ތަނެއް ކަމަށާއި އޭނާގެ ރައްޓެއްސެއް ތިން ނުވަ ދަޅާ މެތުކޮޅެއް އެތަނުގައި ހުންނާނެ ކަމަށް ޝާމިން ބުނެފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރި ކުރުމުން އެޕާޓްމަންޓުގެ އެކި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅިތަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ވޭޕް ކާޓްރިޖުތަކެއް، ބަނގުރާ ހުސްކޮށްފައި ހުރި ތަކެތި އަދި މަސްތުވާތަކެތި ކުދިކޮށް ބަންދުކޮށް ޓްރެފިކްކުރަން ގެންގުޅޭ ޒާތުގެ އާލާތްތައް ފެނިފައިވާ ކަމަށް ފުލުސް އޮފިސަރުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސީނަށް ދިޔަ ފުލުހުގެ ބަޔާނުގައިވާގޮތުން ފެނިފައިވަނީ 372.52 ގްރާމުގެ މެތާއި، 225.09 ގްރާމުގެ ހެރޮއިން އަދި 3992.18 ގްރާމުގެ ކެނަބިސްއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް