ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތައް، އެންމެންނަށް ހަމަހަމައިން ބޭނުންކުރެވޭނެ ފަދަ ތަންތަނަށް ހެދުމަށްޓަކައި އާންމުންގެ ހިޔާލު ހޯދައި މަޝްވަރާކުރަން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ ފްލެޓް 1 އަދި 2 ގެ ރައްޔިތުންނާއެކު ކުރިއަށްގެންދެވުނު އެ ބައްދަލުވުމުގެ ތެރެއިން، ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން މަސައްކަތް ކުރަމުންދާ އިރު، އެ މަސައްކަތުގައި އާންމުންގެ ބައިވެރިވުން އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ހުޅުމާލެއަކީ އެންމެންނަށް ރައްކާތެރި އަދި ހަމަ އުސޫލުތަކެއްގެ ދަށުން ދިރިއުޅުވޭނެ މާހައުލެއް އޮތަ ތަނަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތެއް ވަނީ ފަށައިފައެވެ.

8 ސެޕްޓެމަބަރު 2026: އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތައް، އެންމެންނަށް ހަމަހަމައިން ބޭނުންކުރެވޭނެ ފަދަ ތަންތަނަށް ހެދުމަށްޓަކައި އާންމުންގެ ހިޔާލު ހޯދުމަށް ކުރިށްގެންދިޔަ ބައްދަލުވުންތައް --- ފޮޓޯ/ އެޗްޑީސީ

އޭގެ ތެރެއިން ހުލުމާލެ ފޭސް 1 އަދި 2 ގައި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކާއި ފްލެޓްތަކާއި އެ ތަން ވަށައިގެން އޮންނަ ތަނަކީ ޒީނަތްތެރި، އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ހިތްހަމަޖެހިލައިގެން ނުކުމެ އުޅެވޭނެ ތަންތަން ގާއިމުކުރަމުންގެންދެއެވެ.

ހާއްސަކޮށް އެކަންކަން ކުރިއަށްގެންދަނީ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާތަކަށްފަހު، ރައްޔިތުން ބޭނުންވާ އަދި އެކަމުން އެ ތަނަށް ޒިޔާރްތަކުރާ ފަރާތްތަކަށްވެސް ދަތި ނުވާނެ ގޮތަށެވެ.