ބަޔާން މިއުނިކުން ރޭ ކުޅުނު ލީގު މެޗުގައި ޝާލްކޭ ކައިރިން 0-0 އިން އެއްވަރުވެއްޖެއެވެ.
ބަޔާނުން ރޭ ޝާލްކޭ ދަނޑުގައި އެއްވަރުވި އިރު، އޭގެ ކުރިން މި ސީޒަނުގެ ލީގުގައި ކުޅުނު ދެމެޗުންވެސް އޮތީ މޮޅުވެފައެވެ. އެއީ ތަފާތު ބޮޑު ނަތީޖާތަކަކާއެކުގައެވެ. އެގޮތުން ރޭގެ ކުރިން ކުޅުނު ދެމެޗުގައި އެޓީމުން ވަނީ ޖުމުލަ ނުވަ ގޯލް ޖަހައިފައެވެ. ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.
ބަޔާނަށް މި ހަފުތާ ތެރޭގައި ޗެމްޕިއަންސް ލީގު މެޗެއް އޮތުމާއެކު ކޯޗު ވިންސެންޓް ކޮމްޕެނީ ރޭގެ މެޗަށް ނުކުތީ އެޓޭކް ލައިނަށް ބޮޑެތި ބަދަލުތަކަކާއެކުގައެވެ. އެގޮތުން މައިކަލް އޮލީސޭއާއި ޖަމާލް މުސިއާލާގެ އިތުރުން ހެރީ ކޭންވެސް ފުރަތަމަ 11 އަށް ނެރެފައެއެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ބަޔާނަށް ވަނީ ގޯލް ޖެހުމަށް އުނދަގޫތަކަކާ ކުރިމަތިވެފައެވެ.
ކުރީކޮޅުގައި ނަތަނިއެލް ބްރައުން ފޮނުވާލި ހަމަލާ ޝާލްކޭ ކީޕަރު ލޮރިސް ކެރިއަސް އަތަށް ދިޔަ އިރު، ލުއިސް ޑިއާޒަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާވީ ބްލޮކެވެ. ފުރަތަމަ ހާފުގައި ޝާލްކޭ ގޯލެއް ޖެހުމަށް ކުރި މަސައްކަތުގައި އާދިލް އައުޗީޗޭ ފޮނުވާލި ބޯޅަ މަތަކުރީ ކުރިން ޝާލްކޭއަށް ކުޅުނު ޖަރުމަނު ކީޕަރު، މިހާރު ބަޔާންގެ އެއް ނަމްބަރު ކީޕަރު މެނުއަލް ނޯޔާއެވެ.
ދެވަނަ ހާފު ފެށިގެންވެސް ޑިއާޒަށް ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވި އިރު، ބަދަލަކަށް އަރައި ކޭންއާއި އޮލީސޭ އުފެއްދި ހަމަލާތައް މަތަކުރީވެސް ކެރިއަސްއެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ކޮމެންޓް