ހުޅުމާލެ ފޭސް ދޭއްގެ ރެސިޑެންޝަލް ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމަށް އެޗްޑީސީއަށް އެންގުމަށް މާލެ ސިޓީ ކައުންސިލުގައި މަޝްވަރާކުރަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ 15 ވަނަ ރަސްމީ އާއްމު ޖަލްސާއަށް އެ މައްސަލަ ހުށަހެޅީ ހުޅުމާލެ އުތުރު ދާއިރާ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.

އެ ޖަލްސާގައި ހުޅުމާލެ ފޭސް ދޭއްގެ ރެސިޑެންޝަލް ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމަށް އެޗްޑީސީއަށް އެންގުމާމެދު ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

"ހާއްސަ އުސޫލަކުން އެބަޖެހޭ ފޭސް ދޭއްގެ ޓްރެފިކް ލައިޓްގެ ކަންތައްތައް ބެލެހެއްޓެން. އެހެން ނޫނީ ދުވަހެއް ދުވަހަކަށް އާބާދީ އިތުރުވަމުންއަންނަ ތަނުގައި މިފަދަ ނުރައްވާތެރި އަދި މި ފަދަ ހިތާމަވެރި ކަންކަން ކުރިމަތި ވަމުންދިއުމަކީ އެކަށީގެންވާކަމެއް. މިކަމަށް އެޗްޑީސީން ފުލުހުންނާ ގުޅިގެން ވީހާވެސް އަވަހަކަށް ހައްލު ހޯދައިދޭން އެބަޖެހޭ ޓްރެފިކްގެ މައްސަލަތަކަށް." ޒަހިއްޔާ ވިދާޅުވިއެވެ.

2 ސެޕްޓެމްބަރު 2026: ފޭސް އެކެއްގެ ކުޑަކުދިން އުޅޭ ފްލެޓެއްގެ ބެލްކައިނީގައި ރެއިލިން ހަރުކޮށްފައި --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

މޭޔާއާދަމް އާދަމް އާޒިމް ވިދާޅުވީ އެ ކަމަކީ ހުރިހާ ރައްޔިތުން ވެސް ކަންބޮޑުވާކަމެއްގެ ގޮތުގައި ސިޓީ ކައުންސިލަށް ފާހަގަވެފައިވާ ކަމަށާއި މާލެ ސަރަހައްދުގެ މަގުމަތީގެ ރައްކާތެރިކަމާއި އަދި އިމާރާތްތަކުގެ ރައްކާތެރިކަންވެސް ކަށަވަރު ނުވާ ކަމަށެވެ.

އެ ޖަލްސާގައި ގަލޮޅު ދެނުކު ދާއިރާގެ މެންބަރު އިސްމާއިލް ހަލީމް ވިދާޅުވީ ސިނަމާލެ ހުރި އިމާރާތެއްގެ ދޮރުފަތެއް ވެސް ބިއްލޫރިގަނޑު ތަޅައިގެން ގޮސް މަގުމައްޗަށް ވެއްޓިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް ޖަމާލުއްދީން ސްކޫލު ކައިރީ އެންމެ ޓްރެފިކް ބޮޑުވި ވަގުތު އެ ސަރަހައްދުގައި ހުރި ގެއެއްގެ ކުޑަ ދޮރު ބޭރަށް ވެއްޓުނު ކަމަށެވެ.

އެ ފަދަ ކަންކަމުންގެ ރައްޔިތުން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް މިއަދުގެ ޖަލްސާގައި ބައިވެރިވި މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވާ އިރު، އިއްޔެ މެންދުރު ވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ފްލެޓުގެ 12 ވަނަ ފްލޯއިން ދެ އަހަރުގެ ކުއްޖަކު ވެއްޓި މަރުވެފައެވެ.