ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން އަންހެނުން ފަންނީ ގޮތުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް 200 ބައިވެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރެހެންދި ސްކޫލުގައި މިއަދު ހަވީރު ބޭއްވި "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމަކީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމާއި ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ފަންނީ ހުނަރު ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ އިރު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ މިއީ ހަމައެކަނި ތަމްރީނެއް ނޫން ކަމަށާއި، މިއީ މުޖުތަމައުގައި ވިލުންތެރި އާބާދީއެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މި ޕްރޮގްރާމަކީ 2023 ވަނަ އަހަރު ބޭއްވި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ބަލައި މިއަހަރު އިތުރަށް ފުޅާކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި އަންހެނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް