އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް އީރާނުގެ އިންގިލާބީ ގާޑުން (އައިއާރްޖީސީ) އިން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. އައިއާރްޖީސީން ބުނި ގޮތުގައި، މި ހަމަލާތައް ދިނީ އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަކަށް ބަދަލުހިފުމުގެ ގޮތުންނެވެ.
އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ފަރާތުން ވަނީ އުރުދުންގެ ޕްރިންސް ހަސަން އެއާބޭސްއަށާއި "ކޭމްޕް ޓިޓިން" ގެ ނަމުން ނަންދީފައިވާ އެމެރިކާގެ މެރިން ބޭހަކަށް ހަމަލާދީފައެވެ. މި ހަމަލާތަކުގައި އެއާބޭސްގެ ކޮމާންޑް ސެންޓަރާއި އެމްކިއު-9 މަރުކާގެ ޑްރޯންތައް ބަހައްޓާފައި ހުރި ތަންތަން ހަލާކުކޮށްލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަމަލާތަކުގެ ކުރިން، ސެޕްޓެމްބަރު 1 ވަނަ ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އީރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތަކާ ގުޅިގެން އަސަލޫޔޭ، ޖީރޯފްޓް، ބަންދަރު އައްބާސް، ގޭޝްމް ރަށް، ކޮނާރަކް، ޗާބަހާރު، ޖާސްކް، ސީރިކް އަދި ލާވަން އިން ވަނީ ގޮވުންތަކުގެ އަޑު އިވިފައެވެ.
އީރާނުގެ ރެޑް ކްރެސެންޓާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސީރިކް ކައުންޓީގެ ކޫހެސްތާކްގައި ކުރިއަށްދިޔަ ކައިވެނި ހަފުލާއަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ހަތަރު މީހުން ވަނީ މަރުވެފައެވެ. އަދި މި ހަމަލާގައި 50 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ މިއީ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ދިން ހަމަލާއެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.
ސެންޓްކޮމް އިން ބުނި ގޮތުގައި، އީރާނަށް ހަމަލާދިނީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށާއި ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އައިއާރްޖީސީން ދޭން އުޅުނު ހަމަލާތަކަކާ ގުޅިގެންނެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް