ރާއްޖޭގެ ފުޓުބޯޅަ އޮނިގަނޑަށް ގެނައި ބަދަލާއެކު ރީޖަނަލް މުބާރާތް ކާމިޔާބުކޮށް، ޕްލޭ އޮފްގައިވެސް ވާދަކޮށްގެން ދިވެހި ޕްރިމިއާ ލީގަށް ނުކުންނަން ތައްޔާރުވެފައިވާ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބުގެ ކޯޗުކަމަށް އަނެއްކާވެސް މޫސާ އިބްރާހީމް (މުސްތަޓޭ) ހަމަޖައްސައިފިއެވެ.
ނ. ހޮޅުދޫއަށް އުފަން މުސްތަޓޭއަކީ އޭއެފްސީ ބީ ލައިސަންސްގެ ކޯޗެކެވެ. ފުޓުބޯޅަ ސިސްޓަމަށް ގެނައި ބަދަލާއެކު ދިއްދޫން މިފަހަރު ޕްރިމިއާ ލީގަށް ނުކުންނަނީ އަތޮޅު ފައިނަލުގައި ކުޅުމަށްފަހު ޒޯން ފައިނަލުގައިވެސް ކުޅެ، ރީޖަނުގެ ޗެމްޕިއަންކަންވެސް ހޯދައި، ކޮލިފިކޭޝަންގައިވެސް ވާދަކޮށްފައެވެ. ޕްރިމިއާ ލީގާ ހަމައަށް ކުރި ދަތުރުގައި އެޓީމުގެ ކޯޗުކަމުގައި ހުރީ މުސްތަޓޭއެވެ.
މުސްތަޓޭއާއެކު ދިއްދޫން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނިންމާލީ ތިންވަނައިގައެވެ. ހަ ޓީމުގެ ތެރެއިން ހަތަރު ޓީމު ޕްރިމިއާ ލީގަށް ކޮލިފައިވި ކޮލިފިކޭޝަންގައި ދިއްދޫން ރަނގަޅު ކުޅުމެއް ދައްކައި، 10 ޕޮއިންޓް ހޯދިއެވެ. ކޮލިފިކޭޝަނުން ޕްރިމިއާ ލީގަށް ދެން ކޮލިފައިވީ ގައްދުއާއި ބިސް ބުރު ސްޕޯޓްސް ކްލަބެވެ. އަދި ޓީސީން ވަނީ ޕްރިމިއާ ލީގުގެ މަގާމު ދަމަހައްޓައިފައެވެ.
ކޮލިފިކޭޝަން މުބާރާތަށްފަހު މުސްތަޓޭ ދިއްދޫ ދޫކޮށްލި ނަމަވެސް، އަލުން ޓީމާ ހަވާލުވުމަށްފަހު ބުނީ ދިއްދޫން އަބަދުވެސް ދޭ އިތުބާރާއި ލޯތްބަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކެރިއަރުގައި ލިބުނު އުފާވެރި ފުރުސަތާއެކު ނަތީޖާއަށް ވިސްނައިގެން ހުރި ކަމަށްވެސް އޭނާ ބުންޏެވެ.
މުސްތަޓޭއަކީ ފުޓުބޯޅަ ކުރިއެރުވުމުގެ މަސައްކަތްތަކުގައިވެސް ފާހަގަކޮށްލެވޭ ކޯޗެކެވެ. އަދި ފުޓްސަލްގައިވެސް ކާމިޔާބީތައް ހޯދާފައިވާ އަރަމުން އަންނަ ކޯޗެކެވެ.
ދިއްދޫން ޕްރިމިއާ ލީގުގައި ވާދަކުރާ އިރު، އެޓީމުގެ ހޯމް މެޗުތައް ކުޅޭނީ އަމިއްލަ ރަށުގައެވެ. ލީގުގައި އެޓީމުން ކުޅޭ ފުރަތަމަ މެޗު މާލޭގައި އޮންނާނީ މިމަހު 12 ގައެވެ. އެއީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް