ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމާއި ބަރަހަނާ މަންޒަރުތަކެއް، ފޯނުން ފެނިގެން މީހަކު 18،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައިވަނީ ޏ. ފުވައްމުލައް ދޫޑިގަން އަލީ އަހްމަދުގެ މައްޗަށެވެ.
ދިވެހި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ، އަލީ އަހްމަދުގެ މައްޗަށް ދައުލަތުން ކުރީ، އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާ އެކްސްޕްލޮއިޓްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަަލައަކާ ގުޅިގެން ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި، ތަހުލީލު ކުރިއިރު އެ ފޯނުން ފިރިހެނުން އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރާއި ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ގިނަ އަދަދަކަށް ފެނުމާ ގުޅިގެންނެވެ.
މި މައްސަލައިގައި އޭނާ ބުނެފައިވަނީ، އެއީ ޑައުންލޯޑް ކުރެވިފައިވާ އެއްޗެހި ތަަކެއް ކަމަށާއި އެއީ އެހެން މީހުން ފޮނުވައިގެން ފޯނަށް އައިސްފައި ހުރި އެއްޗެހި ކަމުން، އޭނާ ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް އެކަމާ ބެހޭ ހުރިހާ ހެއްކެއް ޝަރީއަތުގައި ފުލުހުން ހުށަހެޅިއެވެ.
އެހެންކަމުން އަލީ އަހްމަދުގެ ފޯނުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމާއި އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ގެންގުޅެފައިވާކަން ސާބިތުވެފައިވާތީ، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ އުގޫބާތެއްގެ ގޮތުން އަލީ އަހްމަދު 18،000 ރުފިޔާއިން ޖޫރިމަނާކޮށް، މި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައކަން ކޯޓުން ވަނީ އަންގައިފައެވެ.
އިބްރާހިމް ޒަކީ
ޖިންސީ ކުށް
ޖިންސީ ކުށް
ޖިންސީ ކުށް
ކޮމެންޓް