ތިން އަހަރުގެ ކުއްޖާއަށް އެ ކުއްޖާގެ ބައްޕަ ޖިންސީ ގޯނާކުރި މައްސަލައިގައި، އެ ކުއްޖާގެ މަންމަގެ ބައިވެރިވުން ހިމެނޭތޯ ބަލަމުންގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަމަ އެ ދުވަހު ކޯޓަށް ހާޒިރު ކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ މީޑިއާއިން މިއަދު "ވަން" އަށް ބުނީ އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ހިމެނޭހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާލަތު ބަލަމުންދާ ކަމަށެެވެ. އެ ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.
"ކުއްޖާގެ މަންމައާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މިކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ އާއި ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ މި ގެންދަނީ ތަހުގީގުގެ ތެރެއިން ބަލަމުން." ފުލުހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޖިންސީ ގޯނާ
ޖިންސީ ގޯނާ
ޖިންސީ ގޯނާ
ކޮމެންޓް