މިސަރުކާރުން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ވީ ވައުދާ އެއްގޮތަށް ފައިސާ ދޭން ފެށިފަހުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މަސްވެރި ސިނާއަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، 2023 ވަނަ އަހަރު 250 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޭން ދަަރަނީގެ ގޮތުގައި އޮތް ކަމަށެވެ.
ސާޅީސް އަށް ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގަތީވެސް މަސްވެރިންނަށް އެ ފައިސާ ދިނުމަށް އޮތް ބޮޑު ގޮންޖެހުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ރައިީސްގެ އެ ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަރުގެ އުސޫލުތައް ބަދަލު ކޮށް ކުރެވުނު މަސައްކަތުން، ރައީސްގެ ވައުދު ފުޅާ އެއްގޮތަށް މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭން ފެށީ، އެ ގޮންޖެމުން އަރައިގަނެ، މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ދައްކަން އޮތް ފައިސާ ދައްކައި ނިންމުމަށްފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެހާ ބޮޑު ބެކްލޮކެއް ފިލުވުމަށްފަހު، 48 ގަޑިއިރުގެ ތެރޭގައި މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭން ފެށި ފަހުން މިހާތަނަށް، މިމަހުގެ 27 ގެ ނިޔަލަށް 2.2 ބިލިޔަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ކޮމެންޓް