ވިލާ ކޮލެޖު ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓުވެ، 17 އަހަރުގެ ކުއްޖަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ހެނދުނު 8:15 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވެއެވެ.

އެ އެކްސިޑެންޓުގައި، އެ ތަނުން އެއް ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖާއަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ވެސް ދުއްވާފައި ވަނީ ލައިސަންސް އޮންނަ ދެ މީހުންނެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.