ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ބޭނުންވާ ނަމަ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކަކީ ކޮންމެހެންވެސް ގެންނާން ޖެހޭ ބަދަލުތަކެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބައެއް ބިލްތައް ތަސްދީގުކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިސޯޓުތަކުގެ އާމްދަނީގެ 40 ޕަސަންޓު އެމްއެމްއޭއަށް މާރުކުރާ ގޮތަށް ހަމަޖެއްސުމަކީ އެކަމުގެ ސަބަބުން ރިސޯޓުތަކަށް ގެއްލުމެއްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ، 40 ޕަސަންޓު މާރުކޮށްފައިވެސް ރިސޯޓުތަކަށް ލޯނު ދައްކައި، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބޭރު ފައިސާާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ، ރާއްޖެ ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ރާއްޖެ ކުރިއެރުވުމުގައި ރާއްޖެ ކުރިއަށް ގެންދިއުމުގައި، އަޅުގަނޑުމެން މި ބޭނުންވާ އަމާޒަށް 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ބޭނުންނަމަ ރާއްޖޭގައި ހުންނަން ޖެހޭ ވަރުގަދަ ގާނޫނީ ނިޒާމުތަކެއް ގާއިމްވެފައި" ރައީސް

ރައީސް ވިދާޅުވީ، އެމްއެމްއޭއަށް 40 ޕަސަންޓު މާރުކުރާ ގޮތަށް ހަމަޖެއްސީ އެކަމުގެ ފަންނީ ދިރާސާތައް ކުރުމަށް ފަހު ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމްއެމްއޭއަށް ވަންނަ ޑޮލަރު އިތުރުވުމުން އިގްތިސޯދީ ހަރަކާތްތަކަށް ދޫކުރާ ފައިސާ އިތުރުވާނެ ކަމަށެވެ.