ގައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބާގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބައިވެރިވެއްޖެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެގެ 16:00 އިން 18:00 އަށް ކުރިޔަށްގެންދިޔަ މި ހަވީރުގައި ގިނަ މުއައްސަސާތަކެއް ބައިވެރިވިއެވެ.

އޭގެ ތެރޭގައި އެންވައަރަމަންޓް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އެމްއޭސީއެލް، އެމްޑަބްލިޔުއެސްސީ، އެޗްޑީސީ، އެމްޕީއެލް، މޯލްޑިވިއަން، ފެނަކަ، އެމްޓީސީސީ، އެމްއެންޑީއެފް، ފަހި ދިރިއުޅުން ކޯޕްރޭޝަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން، އަދި ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީ ހިމެނެއެެވެ.

29 އޮގަސްޓް 2026: އިންޖިނިއަރިން ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލުން ބައިވެރިވުން --- ފޮޓޯ/ އެމްއޭސީއެލް

އެ ހަވީރުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިންވަނީ ސްޓޯލްތަކަށް ޒިޔާރަތްކޮށް، މުއައްސަސާތަކުން ލިބެން ހުރި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހޯދާފައެވެ.