ވަގު ޑޮލަރުތަކެއް ގެންގުޅުނު ދިވެހި އަންހެނަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަަލައިގައި ހުކުމް ކޮށްފައިވަނީ، ގދ. ގައްދޫ، ދިލާވަރުގޭ ޝަފުރާ އަބްދުﷲ އާދަމްގެ މައްޗަށެވެ.
މި މައްސަލައަކީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި، ހުސެއިން ޒައިދާން އަލީ ކިޔާ މީހަކާއި އިތުރު ބަޔަކާއެކު ޝަފުރާ ސައްހަ ނޫން ޑޮލަރުން ވިޔަފާރި ކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރުކޮށް ދައުވާ އުފުލި މައްސަލައެކެވެ.
ޝަފުރާ އަތުން ސައްހަ ނޫން ޑޮލަރުތަކެއް ފެނިފައިވާ މި މައްސަލައަށް، ޝަރިއަތުގައި އޭނާ ވަނީ އިއުތިރާފު ވެފައެވެ.
އިއުރާފުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައި އޭނާގެ މައްޗަށް ކުރީ، ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމުގެ ހުކުމެކެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުކޮށްފައި ހުރި، 43 ދުވަސް އެއިން އުނިކުރުމުން އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ ދެ މަހާއި ފަސް ދުވަހުގެ ހުކުމެކެވެ.
މި މައްސަލައިގައި ހިމެނޭ ޝަފުރާއަކީ، މީގެ ކުރިންވެސް އެކި ކަހަލަ ކުށުގެ މައްސަލަތައް އޮތް މީހެކެވެ.
އެގޮތުން ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަންވެގެން ފުލުހުން އޭނާގެ ފޮޓޯ އާއްމުކުރިއެވެ. އަދި އާއިލާއަށް ފިލައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ވެސް އޭނާ ހޯދަން އިއުލާނުކުރިއެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް